ޅެންވެރިންގެ ދުވަސް 2023




މަރަދޫ ސްކޫލްގައި 2023 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފިއެވެ.  މިދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެންބުލީއެއް ބޭއްވުނެވެ. މިއެސެންބުލީގައި ޅެންބަހުން ދުވަހާއިގުޅޭޑްރާމާއެއް ހުށަހެޅުނެވެ. އަދި ޅެންވެރިންގެ ދުވަހަކީ، ކޮބައިކަމާއި، މިއަހަރުގެ ޅެންވެރިންގެ ދުވަހަށް ޚާއްޞަ ކުރައްވާފައިވާ ރަމްލާ ޢަބްދުލްޢަނީއާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮތެވެ. ހަމައެއާއެކު ކުލާހުގައި ޤައުމީ ޅެންކިޔުއްވާ ދުވަހާއި ގުޅޭގޮތުން ފާރުނޫސް ލިޔުވެސް އޮތެވެ.

 


މީގެއިތުރުން މަރަދޫސްކޫލްގެ ދިވެހި ކުލަބާއި ޝާޢިރުންގެ ވާދީއާއި ގުޅިގެން ގްރޭޑް 10 އެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޅެންވެރިކަމާއި ،ޅެންވެރިންގެ ދުވަހާއި ގުޅޭގޮތުން މަޢުލޫމާތުދިނުން އޮތެވެ. މިދަނފަޅި ކުރިއަށް ގެންދެވީ ޝާޢިރުންގެ ވާދީގެ ރައީސް އުސްތާޒު ޙަސަން ލަބީބެވެ. މިއީ ދަރިވަރުންނަށް ވަރަށް ބޭނުންތެރި މުހިންމު ސެޝަނެއްކަމުގައި ވެގެން ދިޔައެވެ.


Post a Comment

0 Comments